|
بسم الله الرحمن الرحيم
ޙަމްދުހުރީ އުޑުތަކާއި ބިން ނެތުމުގެ ތެރެއިން
އުފައްދަވައި،
އިންސާނުންނަށް ފެންނާނޭފަދައިން އެކަލާނގެ
ކުޅަދުންވަންތަކަމުގެ ހެކިތައް ލެއްވެވި،
ޚާލިޤުވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ.
ގިނަގުނައިން ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން
އެދެނީ ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި
ކައުއިތުރު ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި
ވަސައްލަމައަށެވެ.
އެއަށްފަހު ދިވެހި އެންމެހައި ލޮބުވެތި އަޚުންނާއި
އުޚްތުންނަށް "އެމްވީ އިސްލާމް ކިއު.އޭ" ސައިޓަށް
މަރުޙަބާ ދަންނަވަމެވެ.
މިސައިޓަކީ މާތްﷲގެ ވާގިފުޅާއެކު މިއަދު
އަޅުގަނޑުމެންގެ ދިވެހި މުޖްތަމަޢުގައި އުފެދި
އާލާވަމުންދާ ދީނީ ހޭލުންތެރިކަމާއި
އެއްބައިވަންތަކަން އިތުރަށް ވަރުގަދަކޮށް
ހަރުދަނާކުރުމުގެ މަތިވެރި ނިޔަތުގައި ހިންގަން
ފެށިސައިޓެކެވެ. އަދިޚާއްޞަގޮތެއްގައި މިއަދުގެ
ތަރައްޤީވެފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން
މާތްވެގެންވާ އިސްލާމްދީނުގެ މަޢްލޫމާތު އެންމެހައި
ލޮބުވެތި އަޚުންނާއި އުޚްތުންނަށް ފޯރުކޮށްދިނުމުގެ
މަތިވެރި ނިޔަތުގައި އިފްތިތާޙު ކުރެވުނު ސައިޓެކެވެ.
އެގޮތުން މިސައިޓު ޚާއްޞަ ކުރެވިފައިމިވަނީ،
ތިޔަބޭފުޅުންގެ ހިތްޕުޅުގައި އުފެދޭ ދީނީ ސުވާލުތަކުގެ
ޖަވާބު ވީހާވެސް ފުރިހަމަގޮތެއްގައި އެއްތަނަކުން
ލިބޭނޭ ގޮތް ފަހިކޮށްދިނުމަށެވެ. ވީމާ މިސައިޓު ބޭނުން
ކުރައްވައިގެން ތިބޭފުޅުންގެ ސުވާލުތަކުގެ ޖަވާބު
ލިބޭނޭކަމަށް އަޅުގަނޑުމެން އުންމީދުކުރަމެވެ.
އެގޮތުން ސައިޓުގެ މަޤްޞަދު ޙާސިލް ކުރުމަށްޓަކައި
ތިޔަބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމަށް
ޔަޤީންކުރަމެވެ.
ސައިޓުގެ މުޝްރިފުގެ ޙައިސިއްޔަތުން ތިބޭފުޅުން
އިސްކަން ދެއްވަންވީ ބައެއް ނުކުތާތަށް މިތަނުގައި
ޛިކުރު ކޮށްލުން މުހިއްމުކަމަށް ދެކެމެވެ. އެގޮތުން
ސުވާލެއް ހުށަހެޅުއްވުމުގެ ކުރިން،
ސައިޓުގައި އެސުވާލުގެ ޖަވާބު އިސްވެ ގޮސްފައިވޭތޯ
އެބޭފުޅަކު ބޭނުންވެލައްވާ ސުވާލެއްގެ ކެޓަގަރީ އަށް
ޒިޔާރަތް ކުރައްވާ ބެއްލެވުން އެދެމެވެ. އަދި ކެޓަގަރީ
އިން ނުފެނިއްޖެނަމަ ފުރަތަމަ ސަފުޙާގައިވާ "ޖަވާބު ހޯދުމަށް" ބޭނުންކުރައްވައިގެން
ބައްލަވާ ޔަޤީން ކުރެއްވުންއެދެމެވެ. އަދި އެފަދައިން
ހޯދުމުގައި ސުވާލުގެ ކޮންމެވެސް މިންވަރެއް އެތަނުގައި
ލިއުއްވާ "ސާރޗް" ކުރެއްވުމަށްފަހު ނަތީޖާގައިވާ
ސަފުހާތައް ރަގަޅަށް ބައްލަވައި، ބޭނުންފުޅުވާ ސުވާލު
ނެތްނަމަ އާ ސުވާލެއްގެ ގޮތުގައި ހުށަހެއްޅުއްވުން
އެދެމެވެ.
އަދިހަމަ އެހެންމެ އެބޭފުޅެއްގެ ސުވާލު ލަފުޒުން
ލަފުޒަށް ނެތްނަމަވެސް އެއާ ގުޅުންހުރިސުވާލުތަށްވެސް
ބެއްލެވުން ރަނގަޅުވާނެ ކަމަށް ދެކެމެވެ.
އަދިހަމަ އެހެންމެ ސުވާލު ހުށަހަޅުއްވާއިރު
އެބޭފުޅެއްގެ އަމިއްލަ ނަފްސަށާއި އަދި އެހެނިހެން
މުސްލިމް ތަކުންނަށް އެއިން ފައިދާ ކުރާނޭފަދަ
ބޭނުންތެރި ސުވާލުތަށް ހުށެހެޅުއްވުން އެދެމެވެ. އަދި
ހުށަހަޅުއްވާ ސުވާލުތަކަކީ ޖަދަލެއްގެގޮތުން ނުވަތަ
މަލާމާތެއްގެ ގޮތުގައި ހުށަހަޅާ ސުވާލަކަށް
ނުހެއްދެވުމަށްވެސް ދަންނަވަމެވެ.
ސުވާލު ހުށަހަޅުއްވާ ފޯމުގައިވާ ގޮޅިތައް ފުރުއްވާއިރު
އީ-މެއިލް އެޑްރެސް ޖައްސަވާތަނުގައި ރަނގަޅު
އެޑްރެހެއް ޖެއްސެވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އެހެނީ ސުވާލާ ބެހޭގޮތުން އިތުރު މައުލޫމާތެއް އޮޅުން
ފިލުވަންޖެހިއްޖެ ނަމަވެސް އެކަމުން
އެހީތެރިވެދޭނެތީއެވެ. އަދިހަމައެހެންމެ އެބޭފުޅެއްގެ
ސުވާލުގެ ޖަވާބު
ދެވިއްޖެކަން އީ-މެއިލްގެ ޒަރީޢާއިން އެބޭފުޅަކަށް
އަންގައިދެވޭނެއެވެ. އަދި ހަމަ އެއާއެކު ސައިޓުގައި
އެސުވާލާއި އަދި އޭގެ ޖަވާބު ޝާއިޢު ކުރެވޭނެއެވެ.
ނަމަވެސް އެއްވެސް ބޭފުޅެއްގެ އަމިއްލަފުޅު ޒާތީ
ސުވާލެއް ހުށަހަޅުއްވައިފިނަމަ،
އެސުވާލެއްގެ ޖަވާބު ޢާއްމުކޮށް ފެންނާނޭފަދައިން
ސައިޓުގައި ޝާއިޢު ނުކުރާނޭވާހަކަ ތިބޭފުޅުންގެ
މަޢްލޫމާތައްޓަކައި ދަންނަވަމެވެ. އަދި އެފަދަ
ބޭފުޅުންނަށް ހަމައެކަނި އީމެއިލްގެ ޒަރީޔާއިން ޖަވާބު
އެރުވޭނޭ ވާހަކަވެސް ދަންނަވަމެވެ.
ދުޢާޔަކީ މާތްﷲ އަޅުގަނޑުމެންގެ މިމަސައްކަތުގައި
ބަރަކާތްލައްވައި، މިކަމަކީ ހަމައެކަނި ﷲގެ
ވަޖްހުފުޅައްޓަކައި ޚާލިޞްކޮށް ކުރެވޭ ކަމެއްކަމުގައި
ލައްވަވައި، އަދި އެންމެހައި މުސްލިމުންނަށް މިކަމުން
ފުރިހަމަ ފައިދާލިބުމެވެ.
والسلام عليكم ورحمة الله و بركاته
ޢަލީ ޒާހިރު ޢަބްދުލްމައްނާން
ސައިޓުގެ މުޝްރިފް
|